ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖީލިހުގެ ޖަވާބު ދެއްވަނީ
ބަންކަރިން ފެށީ މި ސަރުކާރުން، މިހާރު 192 މިލިއަން ލިބިއްޖެ: ސައީދު
ބަންކަރިން ހިދުމަތް ފެށި މި ސަރުކާރުންކަމަށާއި މި މަޝްރޫއިން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިއްޖެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރީ ސަރުކާރުތަކުން ކަންކަން ކުރަން ކީ ނަމަވެސް ތަރައްގީގެ ކަންކަން ފަށާފައިވަނީ މި ސަރުކާރުންކަމަށެވެ. އެގޮތުން ބަންކަރިންހގެ ހިދުމަތްވެސް ފަށާފައިވާކަމަށާއި އެކަންވެސް ފުޅާވަމުން އަންނަކަމަށެވެ. 

އެގޮތުން މި މަޝްރޫއުގެ ސަބަބުން މިހާތަނަށް ދައުލަތަށް 192 މިލިއަން ރުފިޔާއާއި ޓެކްސްގެ ގޮތުގައި މިހާތަނަށް 17 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. 

ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގަ އެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް