ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިމުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއްކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ވެރިކަން ނުނިމުނު ނަމަ މިއަދު ރާއްޖެ އޮންނާނެ ހިސާބެއް ވިސްނާލީމާވެސް ތަސައްވަރެއް ނުކުރެވޭކަމަށެވެ. މިނިސްޓާރު ސައީދު ވިދާޅުވީ އެމްޑީޕީން އިދިކޮޅަށް ދާ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސާދު ހަލާލުކޮށްލަން މަސައްކަތް ކުރާކަމަށެވެ.
މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓަރު ސައީދު ވަނީ އެމްޑީޕީގެ ބަހުގެ ހަމަލާތައް ދެއްވާފައެވެ.