މި އިންޖީނުގެ ހުޅުވާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުއްޓަށް ވަޑައިގެން، އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކ. ދިއްފުށީގައި ސްޓެލްކޯއިން ގާއިމުކުރި އައު އިންޖީނުގެ މަސައްކަތް ފެށީ 26 ޖޫން 2024ގައެވެ. މި މަސައްކަތް ހަވާލުކުރީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 12،535،490.33 ރުފިޔާއެވެ.
ސްޓެލްކޯއިން ކ. ދިއްފުށީގައި ހެދި އާ އިންޖީނުގެ
ދިށްފުށީ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) އެވެ..އެހެންނަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އެވެ.
އާ އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.