ads
ދިށްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
އަހަރެއް ތެރޭ ދިއްފުށިން 23 ހެކްޓަރުގެ ބިންހިއްކާ ނިންމާނަން: ރައީސް
ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިށްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިއްފުއްޓަކީ ތޮއްޖެހިފައިވާ ބައިބޯ ރަށެއް ކަމުގައިވާތީ، އެ ރަށަށް ބިން އިތުރުކުރުމަކީ، އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުންމީދެއްކަމަށެވެ.

your imageކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތެރެއިން

މިއަދު ފެށި މަޝްރޫއުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނޭކަމަށާއި، އެއާއެކު، އެ ބިމަކީ، ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިށްފުށީގެ އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭކަން ވަނީ  އިޢުލާންކުރައްވާފައެވެ. އަދި އަންނަ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭ.ޓީ.އެމްގެ ހިދުމަތް ފެށޭނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް