ads
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް މުއިއްޒު މިވަނީ ރެކޯޑު ހައްދަވަފައި
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ރެކޯޑު ހައްދަވައިފި
ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރައްވައިފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުކުރައްވައި، ރައީސް މުއިއްޒު މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައިކަމަށެވެ.

your imageތުލުސްދޫއަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި އެރަށު ރައްޔިތުން

ރައީސް މުއިއްޒު ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސާފު ހެއްކެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

your imageތުލުސްދޫއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ

ރައީސްގެ މި ދަތުރުފުޅުތަކުގައި، ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަފި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައްވެސް ފައްޓަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

އެގޮތުން، އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައްވެސް ފައްޓަވައި ވަކީން ހާއްސަކޮށް، އިޖުތިމާއީ ފުދުންތެރިކަން ކަށަވަރުކޮށްދެއްވުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވައި، އުންމީދީ ހަބަރުތަކެއްވެސް ދެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް