ވީއައިއޭގެ ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން ފްލައިދުބާއީ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް، އެ އެއާލައިނުގެ ފުރަތަމަ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
އާ ޓާމިނަލްގައި އެ އެއާލައިނުގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި، މިއަދު އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި ފްލައި ދުބާއީގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.
ޔޫއޭއީގެ ބަޖެޓު އެއާލައިން، ފްލައިދުބާއީ އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 17 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.