ސާވައިލަންސް ޑްރޯންތައް ހަދިޔާކުރުމަށް ކަސްޓަމްސްގެ މައި އިދާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
އޮސްޓްރޭލިޔަން ބޯޑާ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް ސާވިސްއަށް ހަދިޔާކުރެއްވި ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވިކަމަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރާއި އެ ގައުމުގެ ބޯޑަރު ފޯސްއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ދިލާތި އެހީގެ ސަބަބުން ބޯޑާ އެންފޯސްމަންޓްގެ މަސައްކަތާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާހަގަކުރެއްވި އެވެ.