ޕީއެންއެފްއިން ބުނީ މާދަން ރޭ އާޓިފިޝަލް ބީޗްގައި އޮންނާނީ އެ ޕާޓީގެ ޤައުމީ ޖަލްސާކަމަށެވެ.
ޖަލްސާ ކުރިޔަށް ދާނީ މަންދޫބުންނަށް ޚާއްސަކުރެވިފައިވާ ޓެންޓެއްގައިކަމަށެވެ. އަދި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އަދި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކަށް ވަކި ޒޯނެއް އާޓިފިޝަލް ބީޗުގައި ހަމަޖެހިފައި ވާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ޕީއެންއެފް) ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރީގެ ރައީސް އަބްދު ﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތިލާފައި ނުވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެ މަނިކުފާނު އެކަނި ކުރިމަތިލެއްވުމުން ވޯޓަކަށް ނުގޮސް ޔާމީނަށް މަގާމު ލިބުމާމެދު ގޮތެއް މާދަން ރޭ ނިންމާނެއެވެ.
ޕީއެންއެފްގެލީޑަޝިޕްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 20 މަގާމަކަށް 55 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. މި މަގާމުތަކަށް މީހުން ހޮވުންވެސް އޮންނާނީ މާދަމާރޭގެ ޖަލްސާގައެވެ.
ޕާޓީގެ ލީޑާޝިޕަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސްގެ އިތުރުން ދެ ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލާއި ރަޖިސްޓްރާ، ހަޒާންދާރު، އަދި 14 ސެނެޓު މެމްބަރުން ހިމެނެއެވެ.