ads
ސަލާމަތީ ބާރުތަކާ ފުލުހުންގެ ދެމެދުގައި ހިނގަމުން ދާ ކުރިމަތިލުމުގެ ތެރެއިން
ބްރެޒިލްގައި ގޭންގްތަކާ ދެކޮޅަށް ކުރާ "ހަނގުރާމަ" ގައި 132 މީހުން މަރުވެއްޖެ
ބްރެޒިލްގައި ގޭންގްތަކާ ދެކޮޅަށް ކުރާ "ހަނގުރާމަ" ގައި 132 މީހުން މަރުވެއްޖެ އެވެ.
Advertisement

ރިއޯ ޑީ ޖަނެއިރޯގެ ފުލުހުން ބުނީ ޑްރަގާ ގުޅުންހުރި ވަރުގަދަ ގޭންގަކަށް އަމާޒުކޮށް ޖެހި ރޭޑު އިދާރާތަކުން ރާވަމުންދާތާ ދެ މަސް ދުވަސްވެފައިވާ ކަމަށެވެ.

އެ ރޭޑު ފަރުމާކޮށްފައި ވަނީ ތުހުމަތު ކުރެވޭ މީހުން ރިއޯ ޑީ ޖަނެއިރޯގެ ޖަންގަލީ ސަރަޙައްދަކަށް ދާނޭހެން ކަމަށާއި އެ މީހުން އެ ސަރަޙައްދަށް ދިޔުމުން އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބި ފުލުހުން ތުހުމަތުކުރެވޭ މީހުން ވަށާލައި ހައްޔަރު ކުރާ ގޮތަށް ކަމަށެވެ.

ރޭޑު ތެރެއިން ކުރިމަތިލުންތައް ހިނގާނެ ކަމަށް ފުލުހުން ތައްޔާރަށް ތިބި ނަމަވެސް އެހާ ގިނަ ޢަދަދެއްގެ މީހުން އެ ރޭޑޫގައި މަރުވުމަކީ ފުލުހުން ބޭނުންވި ގޮތް ނޫން ކަމަށް ރިއޯ ސްޓޭޓުގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާ، ވިކްޓާ ސަންތޯސް ވިދާޅުވި އެވެ.

އެ ރޭޑުގައި 113 މިހުން ހައްޔަރުކޮށް، 118 ހަތިޔާރު ވަނީ އަތުލައިގެންފަ އެވެ.

މިހާތަނަށް 119 މީހެއްގެ މަރު ކަށަވަރުކޮށްފައިވާ އިރު މަރުވި މީހުންގެ ތެރޭގައި ހަތަރު ފުލުހުން ވެސް ހިމެނެއެވެ. މަރުވި މީހުންގެ ޖުމްލަ އަދަދު 132 އަކަށް އަރާނެ ކަމަށް ބެލެވެއެވެ.

މަރުވި މީހުންގެ އާއިލާތަކުން ބުނީ އެ މީހުންނަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށެވެ.

ބްރެޒިލްގައި މި ފަދަ ހާދިސާއެއް ހިނގާފައި މި ވަނީ މި މަހުގެ ތެރޭގައި ރިއޯ ޑީ ޖަނެއިރޯގައި ބައިނަލްއަގްވާމީ މޫސުމާބެހޭ މުހިންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އޭގެ ތެރޭގައި އދގެ ކޮޕް30 މޫސުމާބެހޭ މަޝްވަރާތައް ހިމެނެއެވެ. ސަންތޯސް ވިދާޅުވީ ހާދިސާއާއި އެ ހަރަކާތްތަކާ ގުޅުމެއް ނުވާ ކަމަށެވެ.

.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް