އެސްޓީއޯއިން އެ ކުންފުނީގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވުމެވެ. ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް އިންސައްތަ އިތުރުވެފަ އެވެ.
އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ ކުއާޓަރުގައި ލިބުނު 3.8 ބިލިއަން ރުފިޔާގެ އާމްދަނީއަކީ ދެ ވަނަ ކުއާޓަރުގެ އާމްދަނީއާ އަޅާބަލާއިރު 8 ޕަސެންޓު އިތުރު އަދަދެކެވެ.
ޖުމްލަ އާމްދަނީ އިތުރުވީ، އެސްޓީއޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ތެލުގެ ވިޔަފާރި ރަނގަޅުވެ، ތެޔޮ ވިއްކުނު މިންވަރު އިތުރުވުމުންނެވެ. އޭގެ އިތުރަށް އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 ޕަސެންޓު އިތުރުވެފަ އެވެ.
ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 230 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން ކުންފުނީގެ ކަންކަމާމެދު ބަހައްޓާ ގާތްކަމާއި ދޭ އެހީތެރިކަމާއި އެއްބާރުލުމަށް، ޝުކުރު އަދާކޮށްފަ އެވެ.