 
                                                                                                
                    އާޓިފިޝަލް ބީޗުގައި އޮތް ގައުމީ ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ.
ރޭގެ ކޮންގްރެސްގައި ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް އިންތިހާބުކުރި އެވެ.
އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ޔާމީން އެކަންޏެވެ. އަދި ނައިބުންނަށް ވާދަކުރެއްވީ ޖަމީލާއި ޒެއިން އެކަންޏެވެ. އެހެންވެ އޮޓޮމެޓިކުން ތިން ބޭފުޅުންވެސް ވަނީ މަގާމުތަކަށް އިންތިޚާބުވެވަޑައިގެންފައެވެ.
ޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް ޖުމްލަ 55 މީހުން ވާދަކުރި އެވެ. އެއީ ޕާޓީގެ ރައީސާއި ޕާޓީގެ ނައިބުރައީސުންގެ މަގާމާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އާއި ޕާޓީ ޓްރެޝަރާ އާއި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީގެ ސެނެޓުގެ 14 ގޮނޑިއަށް ވާދަކުރި 48 މީހުންނެވެ.
ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.