ads
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ޑރ. އާމިނަތު ޒާހިރާ އިއްޔެ ބޭއްވި ދަސްވެނިވުމުގައި - ފޮޓޯ: އެމްއެންޔޫ
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އާމިނަތު ޒާހިރަށް
ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.
Advertisement

ގައުމީ ޔުނިވަސިޓީން 2019 ވަނަ އަހަރު ފެށި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރެއްވި އައިމިނަތު ޒާހިރަށް އެ ސަނަދު އެރުވީ އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.

އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން ރާއްޖޭގައި އެންމެ މަތީ ފާހެއް އޮތް ބޭފުޅަކީ މިހާރު އެއީ އެވެ.

ގއ. ދާންދުއަށް ނިސްބަތްވެ ވަޑައިގެންނަވާ، ކުރީގެ ދިވެހި މުދައްރިސް އޭނާގެ ޕީއެޗްޑީ ތީސީސް ވެސް ލިޔުއްވާފައިވަނީ ދިވެހި ބަހުންނެވެ. "ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ"ގެ ނަމުގައި އޭނާ ތީސީސް ބިނާ ކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.

ގައުމީ ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ޒާހިރު، ދިވެހި ބަހުން ޑިގްރީ ހާސިލް ކުރައްވާފައިވަނީ 2009 ވަނަ އަހަރު އެވެ.

އައިމިނަތު ޒާހިރު ހޯއްދެވި ކާމިޔާބީއަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. 

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ އާމިނަތުގެ ޕީއެޗްޑީ ހާސިލްކުރެއްވުން ވެފައިވަނީ ދިވެހި ބަހާއި ޔުނިވާސިޓީއަށާއި މުޅި ގައުމަށް ވެސް ފަހުރަކަށް ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް