 
                                                                                                
                    ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ އޯގަސްޓު ހދ. ކުޅުދުއްފުށްޓަށާް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ. އޭރު ރައީސް ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ހުއްދަވާނެކަމަށެވެ.
ކަށިމިޔަރު މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެކަމަށެވެ. އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހެއެވެ.
މި ގަވައިދު ބުނާގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ
ސަރަހައްދުތަކުގައެެވެ. މީގެިތުރުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށްކަމަށްވެސް މި ގަވައިދުގައިވެއެވެ. 
ގަވައިދުގައި ވަނީ ކަށި މިަިަޔިގެ މަސްވެރިކަމަުގައި އެހެން ބާވަތެއްގެ މިޔަރެއްގެ މަސްވެރިންކަން ކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެެވޭނެކަމަށް ކަނޑައަޅާފައެވެ. އަދި ގަވައިދާ ހިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވޭނެ ގޮތް ވަނީ ހިމަނާފައެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީފައި މިވަނީ އެކަން ހުއްދަ ނުކުރަން ގޮވާލާ 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުންގެ ސިޓީއެއް ރައީސް އަށް ފޮނުވާފައި ވަނިކޮށެވެ. ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ.