ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
"ކުރަންވީ ކަމަކީ ޕްރައިވެޓް ސެކްޓާއަށް އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދޭންވީ"
ސަރުކާރުން ކުރަންވީ ކަމަކީ ޕްރައިވެޓް ސެކްޓާއަށް އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
Advertisement

ހއ. ހޯރަފުށީގައި ރޭ ބޭއްވި "ހޯރަފުށި ދުވަސް" ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރަނގަޅަށް ހިނގަހިނގާ ހުރި ސަރުކާރުގެ ކުންފުނިތައް ހަލާކުކޮށްލަމުންދާ ކަމަށެވެ.

ސޯލިހު ވިދާޅުވީ އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަނާއި 15 މިލިއަން ޑޮލަރު ހަރަދުވާ ކަމަށާއި އެކަން ފުރިހަމަކުރާނެ ފައިސާ އާއި މީހުން ވެސް ބޭނުންވާނެ ކަމަށެވެ.

މީގެއިތުރުން ދުވަހަކުވެސް އެއާޕޯޓު ނާޅާ އެމްއޭސީއެލްއާ އެއާޕޯޓުތައް އެޅުމުގެ އިތުރުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރާއިރު އެކަން އެމްއޭސީއެލް އިން ކުރާނެ ގޮތެއް ވެސް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މިއުޅެނީ ކިރިޔާވެސް ރަނގަޅަށް ހިނގަ ހިނގާހުރި ހުރިހާ ކުންފުންޏެއް ހަލާކުވާން. އަޅުގަނޑުމެން ވަރަށް ފުންކޮށް މި ހުރިހާ ކަމަކާ ދޭތެރޭގައި އެބަ ވިސްނަން ޖެހޭ. ވަޒީފާ ބޭނުންވޭ އެންމެންވެސް. ވަޒީފާ ދޭން ވެސް ޖެހޭނެ. އެކަމަކު މިހާރު މި ސަރުކާރުން އެ ދޭ ގޮތަކަށެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.

ހަމައެކަނި ސަރުކާރުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރިތަކަށް އެހީތެރިކަމާއި ލޯނު ދީގެން، އެ ވިޔަފާރިތައް ބާރުވެރިކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު އިތުރަށް ވިދާޅުވީ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާއިރު ތަރައްގީގެ ގޮތުން ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމުގެ ޝަކުވާ ކޮންމެ ރަށަކުން ވެސް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2023 ގައި ނުގެއްލި މި ހިސާބަށް އައި ނަމަ މުޅި ރާއްޖެގެ ވެސް ތަރައްގީ ހަލުއިވީސް ކަމަށެވެ.

ހޯރަފުއްޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން މީހުންނަށް އެވޯޑު ދިނުމަށް ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް