ލަންކާ މީހާ އެތެރެކުރި ރަން ދައުލަތަށް ނެގީ ކްރިމިނަލް ކޯޓުގެ ހުކުމަކުންނެވެ.
އެއީ، 2023 ވަނަ އަހަރު، ދުބާއީ މަގުން ރާއްޖެއަށް އައި ލަންކާ މީހަކު ވަގަށް އެތެރެކުރި ރަނެވެ. އޭނާ ދެ ކިލޯގެ ރަން ވަގަށް ރާއްޖެއަށް އެތެރެކުރިއެވެ.
މި މައްސަލައިގައި އެ މީހާގެ މައްޗަށް ކްރިމިނަލް ކޯޓުންވަނީ އެ މީހާ އެއް އަހަރަށް ޖަލަށްލައި، އެ މީހާގެ ގެނައި ރަން ދައުލަތަށް ނަގަން ހުކުމްކޮށްފައެވެ.