ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވާ ބޭނުން ކުރަން ފެށީ މިއަހަރުގެ މިނިވަން ދުވަހުއެވެ.
އާ ޓާމިނަލާ ގުޅުވާ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއާޕޯޓުގައި ފިނި ގަދަކަމުން އެކަމުގެ ޝަކުވާ ކުރައްވާފައެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އެއާޕޯޓްގައި ފިނި ހޫނުމިން މިހާރު ބަހައްޓާފައިވަނީ 15 ޑިގްރީ ސެލްސިއަސްގައިކަމަށެވެ. އަދި އެއީ ބޮޑު އިސްރާފެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާ އަރަބިއްޔާއިން ފުރާ ފަސިންޖަރުން އާ ޓާމިނަލްގައި
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް މިދިޔަ ޖުލައި މަހު ހުޅުވުމަށްފަހު މިހާތަނަށް 18 އެއާލައިނަކަށް އެ ޓާމިނަލް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެއާޕޓް ބޭނުންކުރާ 34 އެއާލައިނަށް މިއަހަރު ނިމުމުގެ ކުރިން އާ ޓާމިނަލް ބޭނުންކުރަން ހުއްދަ ދިނުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ.