ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގިނަ ވިޔަފާރިތައް ހުރީ ނޭވާހޮޅިއަށް އެޅިފައި: މިނިސްޓަރު ފައްޔާޒް
ރާއްޖޭގެ ގިނަ ވިޔަފާރިތައް ހުރީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެހާ އަވަހަށް ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑު އަސަރެއް ކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދުގައި ހުރި މައްސަލައެއްގެ ސަބަބުން ކަމަށެވެ. 

ގިނަ ވިޔަފާރިތައް ހުރީ ނޭވާހޮޅިއަށް އެޅިފައި ކަމަށާއި، އެހާ ފަސޭހައިން އެހާ ކުއްލި ގޮތަކަށް ހުރިހާ ވިޔަފާރިތަކެއް އެ ހިސާބަށް ދާން ޖެހޭނީ އިގްތިސާދުގައި މައްސަލައެއް ހުރުމުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމުން އަރައިގަތުމަށްޓަކައި ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާކަމަށެވެ. 

"އަޅުގަނޑު އުންމީދު ކުރަނީ ރިލީފް ޕެކޭޖަށް ފަހު އަދި އިތުރު ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ގެނައުމަށްޓަކައި."

އަދި އެ ސްޓިމިއުލަސް ޕެކޭޖުން މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް އިންވެސްޓުކުރަން ލޯނު ދޫކުރެވޭނެކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދިމޭވެފައިވާ ގޮންޖެހުމަކީ އަމިއްލަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދޭނެވަރަށް ލާރި ނެތުން ކަމަށެވެ.

"ވަރަށް ބޮޑަށް ބަލަމުން މިދަނީ ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް ފައިސާ ދޭނީ ކިހިނެއްތޯ ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ... އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް."

އަންލިމިޓެޑް ފަންޑްސް ހުރިނަމަ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރައްޔިތުންނަށް އެ ފޯރުކޮށް ދެވޭނެކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް