ads
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަަ ދައުރު 21 އޮގަސްޓު ގެ ނިޔަލަށް ދަންމާލަން ފާސްކުރުން
އެސްއީޒެޑް ބިލް އެއްދުވަހުން ކޮމެޓީން ފާސްކޮށްފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށް ނިންމާލައިފިއެވެ.
Advertisement

އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މަސައްކަތް ފެށި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓުންނެވެ.

ކޮމިޓީގައި މިއަދު ވަނީ އެ ބިލާއި ގުޅުން ހުރި ދާއިރާތަކާއި ،މަޝްވަރާކުރުމަށް ހުށައަޅާފައެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ހިޔާލު އެ ބިލަށް ހޯދަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާ ބައްދަލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި އެވެ. އަދި ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެހެންނަމަވެސް އެ ހުށަހެޅުމާ ދެކޮޅު ހައްދަވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަަރުން މަސައްކަތް ކުރަނީ އެ ބިލުގެ މަސައްކަތް ލަސްކުރަން ކަމަށެވެ. އެހެން ވިދާޅުވެ މިއަދު މިއަދަށް ބިލް ފާސްކުރަން ހުށައެޅުން ޕީއެންސީގެ މެޖޯރިޓީން ވަނީ އިތުރު ބަހުސެއް ނުކޮށް ކޮމިޓީން ބިލް ފާސްކޮށްފައެވެ.

މި ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ ދެމެހެއްޓެނިވި ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް