ads
ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަން ފަށައިފި
ފުވައްމުލަކު ސިޓީގައި 4،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
Advertisement

ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި، ހައުސިންގ ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަރިހުގައި ފުވައްމުލައް ސިޓީ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މި މަޝްރޫއުގައި ހިމެނޭ ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނައިރު ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

ހައުސިން ޔުނިޓްތައް އިމާރާތް ކުރާނީ 11 ބުރިޔަށެވެ. ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގައެއް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް