ads
ފުލުހުން ސައިކަލެއް ޓޯކުރަނީ
ގަވާއިދާ ހިލާފަށް ޕާކުކުރި 72 ސައިކަލެއް ޓޯކޮށްފި
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށް، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ބަހައްޓާފައިހުރި 72 ސައިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މި އުޅަނދުތައް ޓޯކޮށްފައިވަނީ މާލެ ސިޓީގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތެއްގެ ތެރެއިންނެވެ. ފުލުހުން ދަނީ ކޮންމެ ދުވަހަކުވެސް މިފަދަ އުޅަނދުތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ، މި މަސައްކަތުގެ ދަށުން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ކަމަށެވެ. އެގޮތުން، ކަފިހިހުރަސްތަކާއި، ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅިގޯޅީގެ ކަންމަތީގައި ޕާކުކުރުމުގެ ބަދަލުގައި، ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން އިންޒާރުދިނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އެއަށްފަހު، މިފަދަ އުޅަނދުތަކުގެ އިތުރުން މަގުމަތީގައި ދޫކޮށްލާފައި ހުންނަ ބާ އުޅަނދުތައްވެސް ފުލުހުން ދަނީ ނަގަމުންނެވެ. އަދި މިގޮތަށް ނަގާ އުޅަނދުތަކާ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ހަވާލުނުވެއްޖެނަމަ، އެތަކެތި ނައްތާލާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް