ބޭންކް އޮފް މޯލްޑިވްސްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އެޅީ ރައީސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ބީއެމްއެލްގެ އައްޑޫ ހުޅުދޫ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިންގ ސެންޓަރު، އަދި 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ބުންޏެވެ.