ads
ހުޅުދު އާއި މީދޫން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުން - ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރު އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ: ރައީސް
އަމާޒަކީ އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ 15 ކިލޯމީޓަރުގެ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށުމަކީ އަމާޒެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބްރިޖުގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް މިދިޔަ މަހު ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ ހަވާލުކުރުމުން އެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި މި ބްރިޖުގެ މަސައްކަތް ފެށުމަކީ އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ދާނެ،" މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ މަސައްކަތާއި ގުޅުވާ ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

އައްޑޫގައި އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދު އާއި ހިތަދޫއާ އަޅަން މި ސަރުކާރުން ވައުދުވެފައިވާ ބްރިޖްގެ ކޮންސަލްޓަންސީ ކުރިން ހަވާލުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަަ އެވެ.

ނަމަވެސް އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރަން ޖެހުނީ ސާވޭ ނިންމައި، ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް ގޮސް މަސައްކަތް ފެ ށޭވަރަށް މާލީ ކަންކަން ހަމަނުޖެއްސުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖްގެ މަސައްކަތް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަށަން ސަރުކާރުގެ "ހަފްތާ 14" ގެ ރޯޑް މެޕްގައި ވެސް ހިމެނި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް