ads
ފިށިމަތި ހިއްކުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް
ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް: ނަޝީދު
އައްޑޫ ހިތަދޫ ފިށިމަތި ސަރަހައްދު ނުހިއްކާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް  ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުން ނިންމާފައިވަނީ  ހިތަދޫ މަގު ހެދުމުގެ މަސައްކަތް ކުރަން ފިށިމަތި ސަރަހަައްދު ހިއްކާށެވެ. އެކަމާއި ދެކޮޅަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން ރައީސް މުއިއްޒު އައްޑޫއަށް މިދިޔަ ހަފްތާގައި ކުރެއްވި ޒިޔާރާތާއި ދިމާކޮށް އައްޑޫގައި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއަކުން އެ މަނިކުފާނަށް ސިޓީއެއް ވެސް ހަވާލުކޮށްފައެވެ.

ފިށިމަތި ސަރަހައްދު ހިއްކާތީ އެކަމާއި ދެކޮޅަށް ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސަރަހައްދަކީ ކުދި މަހާއި ކަކުނި އަދި ޑިނގާފަދަ ތަކެތީގެ ނާސަރީއެއް ކަމަށެވެ. އަދި 

މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތްކަމަށްވެސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް