ads
ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް
އިސްލާމްދީނާ ހިލާފު ކަންކަމަށް ފުރުސަތެއް ނެތް: އުޝާމް
ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ދިވެހިންގެ އިޖުތިމާއީ ފޭރާމާއި އިސްލާމްދީނުގެ އަސާސްތަކާ ހިލާފު އެއްވެސް ކަމަކަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމަށެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭނީ މި އަސާސީ އުސޫލުތަކުގެ މަތިން، ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރާ ގޮތަށް ކަމަށެވެ.

އުޝާމްގެ ވާހަކަފުޅުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮންނާނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ކަމަށް ފާހަގަކުރެއްވި އެވެ. ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ގައުމުގެ ހަމަޖެހުން ނަގާލައި، މުޖުތަމައުގައި ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މި އިޖުލާސުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވަނީ ޝަރުއީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ޝަރުއީ ދާއިރާގައި އަންހެން ފަނޑިޔާރުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުމުގެ ސިޔާސަތުތަކާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރާ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް