އިންޑިއާގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކިއާރާ ވަނީ ރަސްމީކޮށް ހޮލީވުޑްގެ އެކްޝަން ފިލްމަކަށް ސޮއިކޮށްފައެވެ.
މި ފިލްމަކީ އިންޓަނޭޝަނަލް ޕްރޮޑަކްޝަން ހައުސްއަކުން އުފައްދާ ފިލްމެކެވެ. މިއީ ކިއާރާގެ ފިލްމީ ހަޔާތުގެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އޭނާގެ ސަޕޯޓަރުން ދެކެއެވެ. މި ފިލްމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިއާރާ ހޮލީވުޑަށް ނުކުންނަ ހަބަރާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް އަންނަނީ ތައުރީފު އޮހެމުންނެވެ. "ކިއާރާ ގޯޒް ގްލޯބަލް" ގެ ނަމުގައި ހާއްސަ ޓްރެންޑެއް ވެސް ވަނީ ފެށިފައެވެ.