ads
އުކުޅަހަށް ގެންދިޔަ ޖެންސެޓް އެރަށަށް ބާލަނީ
އުކުޅަހު ކަރަންޓް ފުރިހަމަކުރަން ސްޓެލްކޯއިން އެރަށަށް އާ ޖަނަރޭޓަރެއް
ސްޓެލްކޯއިން އއ. އުކުޅަހަށް އިތުރު ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
Advertisement

އެ ކުންފުނިން ބުނީ އުކުޅަހަށް އަލަށް ގެންދިޔައީ 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއްކަމަށެވެ. 

ސްޓެލްކޯއިން ބުނީ އުކުޅަހަށް އާ ޖެނެރޭޓަރެއް ގެންދިޔައީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން، އެރަށަށް އަންނަމުންދާ ތަރައްގީއާއި ގުޅިގެން، ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައިކަމަށެވެ.  

އަލަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު އުކުޅަހުގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. 

your imageމާލެ އަތަޮޅު ގުރައިދޫއަށް ސްޓެލްކޯއިން ގެންދިޔަ ޖެންސެޓް އެރަށަށް ބާލަނީ

ލޯކަލް ޓްއަރިޒަމް ގެ ވިޔަފާރި ކުރަމުން އަންނަ ބައެއް ރަށްތަކުގެ ކަރަންޓް އަޕްގްރޭޑްކުރުމަށް އެ ރަށްރަށަށް އާ ޖަނެރޭޓަރު ސެޓްތައް ގެންގޮސްފައެވެ. އެގޮތުން އއ ތޮއްޑޫއަށް 1000 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި އދ ދިގުރަށަށް 320 ކިލޯވޮޓްގެ ޖަނެރޭޓަރަކާއި އއ މަތިވެރިއަށް 600 ކިލޯވޮޓްގެ ޖަނެރޭޓަރަކާއި މާލެ އަތޮޅު ގުރައިދޫއަށް 1000 ކިލޯވޮޓްގެ ޖަނެރޭޓަރެއްވަނީ ދާދި ފަހުން ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް