ads
ދަރަވަންދޫ--
ގަވައިދާ ހިލާފަށް ދަރަވަންދޫއަށް އެރި މީހަކު ހައްޔަރުކޮށްފި
ކެނޯއެއްގައި ބ. މާޅޮސްއިން އެތޮޅު ދަރަވަންދޫއަށް އަރައި އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާޅޮސްގެ ޓާސްކު ފޯސްގެ ހުއްދަނެތި ދަރަވަންދޫއަށް އެރި ބަޔަކު ހައްޔަރުކުރީ މިރޭ 12:26 ހާއިރު ކަމަށެވެ. 

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.

ކެނޯއެއްގައި ދަރަވަންދޫއަށް އެރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ރަށްރަށައް އަރައި ފޭބުން މަނާކޮށްފައި އޮއްވާ ބައެއް މީހުން ދަނީ ގަވައިދާ ހިލާފަށް އެކި ރަށްރަށަށް އަރަމުންނެވެ. އެގޮތުން ނ. މާފަރުގައި ރަށުން އަރައި ފޭބުން މަނާކޮށްފައި އޮއްވާ މަސްދަތުރު ދިޔަ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

މިލަދޫއިން މީހުން ފުރުން މަނާ ކޮށްފައި އޮއްވާ އެ ރަށުން ފުރި ހަތަރު މީހުންވެސް ފުލުހުން ހައްޔަރުކޮށްފައިވާއިރު ށ. ބިލެއްފަހި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް ފޭދޫން ކުޑަ ޑިންގީއެއްގައި އެރަށަށް ދިޔަ ތިން މީހެއްގެ އިތުރުން ނ. މަނަދޫ އިން ލަންދޫއަށް ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އޭގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކާފިއު އިއުލާންކޮށް މީހުން އަރައި ފޭބުން މަނާކޮށްފައިވަނިކޮން ހދ. ކުރިނބީން ކުޅުދުއްފުއްޓަށް ދިޔަ ބަޔަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށި ސިޓީގެ އެއާޕޯޓްގެ ރަންވޭ ހުޅަނގު ފަރާތުން ކެނޯ ބަންޑުން ޖަހާފައިވާ ކަމަށް ބުނެ އެ ރަށަށް އެރުމާ ގުޅިގެން ވެސް ފުލުހުން ވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް