ads
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ
ސަރުކާރުން ހަރަދު ކުޑަކުރުން، އިބިލީހު ކައިވެންޏަށް ވެއްޖެ: އޮޑިޓާ ޖެނެރަލް
ސަރުކާރުން ހަރަދު ކުޑަކުރުމުގެ ކަންކަން ތަންފީޒުކުރުން ހުރީ އިބިލީހު ކައިވެންޏަށް ވެފައިކަމަށް އޮޑިޓާ ޖެނަރަލް ހުސެން ނިޔާޒީ މިއަދު ވިދާޅުވެ އެވެ.
Advertisement

ނިޔާޒު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. 

ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެކުލަވާލާ ސިޔާސަތުތައް ތަންފީޒުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ ދައުލަތުގެ ހަދަރުތައް ކުޑަ ކުރުމުގެ ސިޔާސަތުތައް މި ހުންނަނީ ސަސްޓެއިނަބަލް ލެވެލްއެއްގައެއް ނޫންކަމަށާއި ހަރަދުކުޑަކުރުމަށް ކަނޑައެޅި ސިޔާސަތުތައް ފަސްކުރަމުން އަންނަކަމަށެވެ. އަދި އަހަރުން އަހަރަށް ދަރަނި މި އިތުރަވަނީ ހަރަދުތައް ކުޑަނުކޮށްގެންކަންވެސް ނިޔާޒީ ފާހަގަކުރެއްވިއެވެ. 

"ދަމުންދަމުން ގޮސްފައި އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ހަރަދު ކުޑަކުރުމުގެ ކަންތައް މިހާރު މިހުރީ އިބިލީހުގެ ކައިވެންޏަށް ވާގޮށް ވެފައި،" ހަރަދު ކުޑަކުރުމަށް ދައުލަތުން ގެންގުޅޭ ސިޔާސަތަޢް ފާޑު ވިދާޅުވަމުން ނިޔާޒީ ވިދާޅުވިއެވެ.

މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދަޅުވީ އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ބަޖެޓު ފޮތުގައިވެސް ދަރަނި ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ހިމަނާފައިވެސް ނުވާކަމަށެވެ. އަދި  ނުކުރާކަމެއް އެ ފޮތުގައި ޖެހުމުގެ ބޭނުން ނެތްކަމަށްވެސް ނިޔާޒީ ވަނީ ސިފަކުރައްވާފައެވެ. 

" އުސޫލެއްގެ ގޮތުން އެއްގޮތަކަށް ރަނގަޅު. އެއީ، ނުކުރާ ކަމެއް ކޮންމެހެން ޖަހާނެ ކަމެއްވެސް ނެތް. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ހަރަދުތައް ކުޑަނުކުރެވޭ ނަމަ ދަރަނި އަން-ސަސްޓެއިނަބަލް ލެވެލްއަކަށް ދާނެކަން އެބަ އެނގޭ،" ނިޔާޒީ ވިދާޅުވިއެވެ.

 އޮޑިޓާ ޖެނެރަލް ނިޔާޒީ ވަނީ ބަޖެޓް ފާސްކުރާއިރު ހަރަދުތައް ކުޑަކުރާނެ އުސޫލުތައް މަޖިލިހަށް ހުށައަޅައިގެން އެއާއި އެއްކޮށް ނޫނީ ބަޖެޓު ފާސްނުކުރަން އެދިވަޑައިގެންފައެވެ. އަދި އެހެންނޫނީ އަތް ނުފޯރާ ހިސާބަށް މިކަން ހިނގައިދާނެކަމުގެ އިންޒާރުވެސް އޮޑިޓާ ޖެނެރަލް ނިޔާޒީ ވަނީ ދެއްވާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް