މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ޖަރުމަނުގެގެ ކުންފުނީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަރުމަންގެ ޖައިޓެކް ކޮންސަލްޓަންސިން ގްރޫޕާއެވެ.
12 ބުރީގެ މި ލެބޯޓަރީ އަޅަން ނިންމާފައިވަނީ ހުޅުމާލޭގައެވެ. މި ލެބޯޓަރީން މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމުތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި ލެބޯޓަރީގެ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިންމާނެކަމަށެވެ. އަދި ތަން އިމާރާތްކުރުމާއި އެކު ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ދެ އަހަރުތެރޭ ނިމި ހިދުމަތް ދޭން ފަށާނެކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.