އެ ގްރޫޕްގެ އާ މިނީ އަލްބަމް "ދަ ޕެސެޖް" ނެރުނުތާ ެނު ހަތަރު ދުވަހުގެ ތެރޭގައި ވަނީ އެ ގްރޫޕްގެ ކުރީގެ ވިއްކުމުގެ ރެކޯޑް މުގުރާލާފަ އެވެ.
ހެންޓިއޯ ޗާޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ނޮވެމްބަރު ހަތެއްގެ ނިޔަލަށް "ދަ ޕެސެޖް" ވަނީ 368,965 ކޮޕީ ވިއްކާފަ އެވެ. މިއީ އެ ގްރޫޕްގެ ފުރަތަމަ މިނީ އަލްބަމް ކަމަށްވާ "ހޫ ވީ އާ" އިން ފުރަތަމަ ހަފުތާ ތެރޭ ވިއްކި 360,985 ކޮޕީގެ ރެކޯޑަށް ވުރެ މާ ބޮޑު އަދަދެކެވެ.
އޭއެޗްއޯއެފްގެ ފުރަތަމަ ކަމްބެކް އަލްބަމް "ދަ ޕެސެޖް" އާއި އޭގެ ޓައިޓަލް ޓްރެކް "ޕިނޯކިއޯ" ރިލީޒްކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަލްބަމްގެ ފުރަތަމަ ހަފުތާގެ ވިއްކުންތައް ގުނުން ނޮވެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު، މިހާރު ހޯދާފައިވާ ކާމިޔާބީއަށް ވުރެ ރެކޯޑް އިތުރަށް ރަނގަޅުވާނެ ކަމަށް އިންތިޒާރު ކުރެވެ އެވެ.