ads
ރައީސް މުއިއްޒު އައީ އިކޮނޮމިކް މިނިސްޓަރު ސައީދު
ޓްރޭޑްމާކް ބިލު ފާސްވުމަކީ ތާރީހީ ކާމިޔާބީއެއް: މިނިސްޓަރު ސައީދު
ރައްޔިތުންގެ މަޖިލީހުން ޓްރޭޑްމާކް ބިލު ފާސްކުރުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ބިލުގެ ސަބަބުން ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުވެގެންދާނެ ކަމަށެވެ. މިއީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ގާނޫނުގެ ދަށުން، ރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ގާނޫނީ ހިމާޔަތް ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން، އުފައްދާ މުދަލެއް ނުވަތަ ދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކެއް ބޭނުންކުރުމުގެ ހައްގު ހަމައެކަނި އެ ރަޖިސްޓްރީކުރި ފަރާތަކަށް ޔަގީންވެގެންދާނެއެވެ. މީގެ އިތުރުން ކޮންސިއުމަރުންނަށް އޮޅުވާލައިގެން ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، އުފެއްދުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ޓްރޭޑްމާކް ބިލުގައިވާ ގޮތުން، ރަޖިސްޓްރީކޮށްފައިވާ މުދަލެއްގެ ނަކަލު (ކައުންޓަރފީޓް) ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭރުކުރުމަކީ ޖިނާއީ ކުށެކެވެ. މިފަދަ އަމަލެއް ކުރާ ފަރާތެއް 100،000 ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް