ބަޔަކު ވަދެ ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް އުމަރުލް ފާރުގަށެވެ. އެ ބަޔަކު ވަނީ މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވެއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށްވަނީ އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ޝަހީމް ވިދާޚުވިއެވެ.
ފަހަކަށް އައިސް މިސްކިތްތަަށް ގެއްލުން ދިނުމާއި ވައްކަންކުރުން ވަނީ އިތުރުވެފައެވެ. މިދިޔަ ހަފްތާގައި މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ ދޮރުގެ ބިއްލޫރިތަކާއި ޓައިލްސްތައް ތަޅާލައި ވަނީ ގެއްލުންތަކެއް ދީފައެވެ. އަދި ދާދި ފަހުން ވަނީ މާލޭ އީދު މިސްކިތުގައި ބަހައްޓާފައި ހުރި ފަންކާތައް ވަގަށް ނަގާފައެވެ.