ads
ވެލާ ޕްރައިވެޓް އައިލެންޑް--
ވެލާ ރިސޯޓުގެ ހިއްސާދާރުން ރާއްޖެއަށް 10000 ޓެސްޓް ކިޓާ ފަސް ވެންޓިލޭޓަރު ހަދިޔާކުރަނީ
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން 10000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރު ހަދިޔާކުރަން ނިންމައިފި އެވެ.
Advertisement

ނ. އަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓަކީ ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ފެންވަރު މަތި އެއް ރިސޯޓެވެ. 

ކޮވިޑަށް ފަރުވާކުރަން ބޭނުންކުރާ ސާމާނު އެ ރިސޯޓުގެ ހިއްސާދާރުންގެ ފަރާތުން މިއަދު ވަގުތެއްގައި ރާއްޖެއަށް ގެންނާނެ އެވެ. ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މި ތަކެތި ހިފައިގެން އެތަނުގެ ހިއްސާދާރުން ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސް ރާއްޖެ ވަޑައިގަންނަވާނީ ޕްރައިވެޓް ދެ ޖެޓުގަ އެވެ. 

އެގޮތުން މި ދެ ޖެޓް ޖެއްސުމަށް ހަމަޖައްސާފައި ވަނީ މާފަރު އެއާޕޯޓަށް ކަަމަށް މައުލޫމާތު ލިބެ އެވެ. 

އެ ރިސޯޓުގެ ފަރާތުން 10000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރުގެ އިތުރުން ރާއްޖެއަށް 100000 ފޭސް މާސްކް އަދި 200 ރެސްޕިރޭޓާ އާއި 500 ޕީޕީއީ ކިޓް ހަދިޔާކުރާނެ އެވެ. 

ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ހިލާފަށް ވެލާ ރިސޯޓު ފާހަގަކުރެވިފައި ވަނީ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮ ތަނެއްގެ ގޮތުގަ އެވެ. އެގޮތުން އާންމުކޮށް އެންމެ ބޮޑު ސާވިސް ޗާޖު ދީގެން އެ ލިސްޓުގެ ކުރީގައި ވެލާ ހިމެނޭއިރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ރިސޯޓުތަކުން މީހުން ކަނޑާލުމާއި ނޯޕޭއަށް ފޮނުވާލި ދަނޑިވަޅުގައި ވެސް ވެލާގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ތަފާތު މަންޒަރެކެވެ. އެތަނުން ނިންމީ މި ދަތި ވަގުތުގައި މުވައްޒަފުންނަށް އިތުރު ބުރަޔަކާއި ތަކުލީފެއް އުފުލަން ޖެހިދާނެތީ މުސާރައަށް ބަދަލެއް ނުގެނައުމަށާއި އެހީތެރިވުމަށެވެ.

ވެލާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު ތައިލެންޑް އަދި ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ވެސް އިއްޔެ ވަނީ ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފަ އެވެ. 

ރާއްޖޭ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 491 އަށް އަރާފަ އެވެ. މި ބަލި ފެތުރޭ މިންވަރު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރާނެ ވަސީލަތްތައް އިތުރުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް