އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފަ އެވެ.
ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ޖެނުއަރީ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަސައްކަތުގައި ބައިވެރިވާ ދިވެހި ހާފިޒުންނަށް، އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. (ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން އެލަވަންސެއް ދެވޭނެއެވެ. މިފަދަ ފުރުސަތުތައް ދިވެހި ހާފިޒުންނަށް ހުޅުވާލަނީ، ރޯދަ މަހުގެ ބަރަކާތްތެރި އަޅުކަންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ގާރީންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.