ads
އެސްއެމްއީ ޑިޖިޓަލްގެ ލޯގޯ - ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެސްޑީއެފްސީ ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް, އެ ކުންފުނީގެ ނަން "އެސްއެމްއީ ޑިޖިޓަލް"އަށް ބަދަލުކޮށްފި އެވެ.
Advertisement

އެ ކުންފުނީގެ ނަން ރަސްމީކޮށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ހިއްސާދާރުންގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާގައި ފާސްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ހޯދުމަށްފަހު، އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ.

އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މާލީ މުއާމަލާތްތައް ރަނގަޅަށް ބެލެހެއްޓުމަށާއި ވިޔަފާރީގެ ހިންގުންތެރިކަން އިތުރުކޮށް، އަދި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރީބްރޭންޑިންއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ރީބްރޭންޑިންއަކީ ވިޔަފާރިތަކަށް އީޖާދީ ހައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ފެށުމެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް ކުންފުނިން ވެފައިވާ ވައުދުގެ ފެށުމެއް ކަމަށްވެސް ބަދުރުދުއްދީން ވިދާޅުވެފައި ވެއެވެ.

"މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުން ވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މައުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން." ބަދުރުއްދީން ވިދާޅުވެފައި ވެއެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަދި އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. އެ އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީ އާއި އަލަށް ތައާރަފް ކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފް ކުރުމަށް ހަމަޖެހިފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް