ads
ސައިކަލް ވަގަށް ނަގާވަރުން ، ރަނގަޅަށް އަލިދޭ ތަނެއްގައި ބަހައްޓަން ފުލުހުން އެދިއްޖެ
ސައިކަލް ވަގަށް ނަގާވަރު އިތުރުވަމުން އަންނާތީ ސައިކަލް ޕާކުކުރާ އިރު ރަނގަޅަށް އަލިކަން ހުންނަ ތަނެއްގައި ބަހައްޓަން ފުލުހުން އެދިއްޖެއެވެ.
Advertisement

ފުލުހުން ވަނީ މިދިޔަ މަހު މާލޭ ސަރަހައްދުން ސައިކަލް ވަގަށް ނެގިވަރުގެ ތަފާސް ހިސާބު އާއްމުކޮށްފައެވެ. 

ފުލުހުން ބުނީ މިދިޔަ އޮކްޓޫބަރުމަހު 119 ސައިކަލެއް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އޭގެތެރެއިން މިހާތަނަށް 110 ސައިކަލް ހޯދާފައިވާކަމަށާއި އެ ތަކެތީގެ އަގު ހަތަރު މިލިއަނުން މައްޗަށް އަރާކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް އަދި ނުވަ ސައިކަލެއް ނުފެންނަ އިރު އެތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. 

ވަގަށް ނެގި ސައިކަލްގެ ބްރޭންޑްތައް 

  • ސްކޫޓަރު / ހޮންޑާވޭވް
  • އެއާ ބްލޭޑް / ހޮންޑާވޭވް
  • ޕީސީއެކްސް / ހޮންޑާވޭވް
  • އެން މެކްސް / ޔަމަހާ

ފުލުހުން ވަނީ ސައިކަލް ވަގަަށް ނެގުން އިތުރުވާތީ އެކަން މަދުކުރުމަށް އަޅާނެ މުހިއްމު ފިޔަވަޅެއްވެސް ބުނެދީފައެވެ. އެގޮތުން ސައިކަލް ޕާކުކުރާއިރު ރަނގަޅަށް އަލި ހުންނަ ސަރަހައްދުގައި ޕާކުކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން ސައިކަލް ޕާކުކުރާއިރު ރަނގަޅަށް ތަޅުލުމަށާއި މެގްނެޓިކް ޝަޓާލޮކް ބޭނުންކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް