މިދިޔަ އަހަރުވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ދީފައިވަނީ މަސްދަޅު ކޭހެކެވެ. ކޮންމެ ގޭބީސީއަކަށް ދިނީ 48 ދަޅުގެ މަސް ކޭހެކެވެ.
މީޑިއާގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަހަރުވެސް ސަރުކާރުން ނިންމާފައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށްކަމަށެވެ.
ބައެއް ރަށްތަކުގެ ކައުންސިލުން މިހާރު އަންނަނީ ރޯދަ ހަދިޔާ ބެހުމަށް ގޭބިސީތަކުން ރެޖިސްޓްރީވަމުން އިއުލާން ކުރަމުންނެވެ. މާލޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބެހީ އެކަމަށް މިފްކޯއިން ހެދި އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓްރީވުމުންނެވެ.
މަސްދަޅު ބެހުމުގެ އިތުރުން ރޯދަ މަހާ ގުޅިގެން ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލުން ހާއްސަ ލުޔެއް މިދިޔަ ދެ އަހަރު ދީފައެވެ.