ads
ބައްސާމް އަދީލް ޖަލީލް، ޖަލުގައި އިނދެގެން ޝަރިއަތުގައި ބައިވެރިވަނީ
ބައްސާމްގެ ނުސީދާ އިންޒާރު: ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ
އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަމަށާއި ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށާއި، އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށް ވިދާޅުވެ، ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ ނުސީދާ އިންޒާރެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ދެއްވައިފިއެވެ.
Advertisement

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނުސީދާ އިންޒާރެއްގެ ގޮތަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކީ، އޭނާގެ މައްޗަށް ކުރެވިފައިވާ 1.8 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިންނެވެ.

ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރިއަތުގައި ބައްސާމްގެ ވިދާޅުވީ، އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެކަން އެ އިދާރާ އިން އަންގާފައި އޮންނަ ކަމަށް ބުނެ ބައްސާމް އިތުރަށް ބުނީ އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށެވެ.

ބައްސާމްގެ ވަކީލުން ވިދާޅުވީ، ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

އެކަމަކު ރައްދުގައި ދައުލަތުން ވިދާޅުވީ، ފީފާއަށް ބާރު ލިބިގެން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކަމަށާއި ނަމަވެސް ޖިނާއީ ކަންކަން ހިންގާ ނަމަ ދިވެހި ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް