ރައީސް މުއިއްޒު ރަސްމާލެއަށް ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރެއްވީ ގުޅީ ބިން ހިއްކުން ނިންމުން ފާހަގަކުރަން އެރަށުގައި ބޭއްވި ރަސްމިއްޔާތައް ވަޑައިގެންނެވުމަށްފަހުއެވެ.
ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދުގެ ގޮތުގައި ހިމެނޭ ރަސްމާލެ މިމަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 3 ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް ރައއީސް އޮފީހުން ބުނެއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ މިންވަރު
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލަން ރައީސް މުއިއްޒު ކުރެެއްވި ޒިޔާރަތުގެ ތެރެއިން
މިއަހަރުގެ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއިން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށެވެ. އަދި އެ 15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކުގެ އިތުރުން މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.