ads
ފުވައްމުލަކުގައި ފެން ކެނޑުމާ ގުޅިގެން މިއަދު ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ އައްޑޫ އެއްކްސް ފައިލްސް
ފުވައްމުލަކުން ފެން ކެނޑުން: ހަވީރު އަދި މިރޭވެސް މުޒާހަރާ
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމާއި ގުޅިގެން އެ ސިޓީގެ ރައްޔިތުން މިއަދު ހަވީރު އަދި މިރޭ ވެސް އިހުތިޖާޖު ކޮށްފި އެވެ.
Advertisement

މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ސިޓީއަށް ދިމާވެފައިވާ މި މައްސަލައިގައި ސަރުކާރުން ބުނި ވަގުތަށް ވެސް ފެން ނުލިބުމުން ރައްޔިތުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައިކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ. 

އާންމުން ވަނީ ފެން ޕްލާންޓު ދޮށަށް އެއްވެ، އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ބުނީ، އެންމެ އަސާސީ ހިދުމަތުން މަހުރޫމުވެ ހާލުގައި ޖެހިފައިވާ ކަމަށާއި، ސަރުކާރުން އެކަށީގެންވާ އަޅާލުމެއް ނުދޭ ކަމަށެވެ. މި މައްސަލަ ހައްލުކުރުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް އެމީހުން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ފެނަކައިން ދަނީ އެޗްޕީއޭ އާއި އެމްއެފްޑީއޭގެ ލަފަޔާއެކު ޕައިޕްލައިން ސާފުކޮށް، ތާނގިތައް ދޮވެ، އަލުން ފެން އުފައްދަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، ފެންފުޅީގެ ގިނަ އަދަދެއްގެ ކޭސް ވައިގެ މަގުން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައިނުވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް