ads
ސައިކަލެއް ޓޯ ކުރަނީ
އަނެއްކާވެސް މާލެ ސަރަހައްދުން 150 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި
ފުލުހުން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަނެއްގައި، ފާއިތުވި ދެ ދުވަހުގެ ތެރޭގައި މާލެ އަދި ހުޅުމާލެއިން ޖުމްލަ 158 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މާލެއިން އެކަނި 113 އުޅަނދު ޓޯކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 112 ދެ ފުރޮޅުލީ އުޅަނދާއި، ހަތަރު ފުރޮޅުލީ އެއް އުޅަނދެވެ. މީގެ އިތުރުން ހުޅުމާލެއިން ޖުމްލަ 45 އުޅަނދު ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި 43 ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ ދެ އުޅަނދު ހިމެނެއެވެ.

ފުލުހުން ބުނި ގޮތުގައި، މި އުޅަނދުތައް ޓޯކޮށްފައިވަނީ ގިނަ އަދަދެއްގެ އުޅަނދު ގަވާއިދާ ހިލާފަށް ޕާކު ކުރުމާއި ލައިސަންސް ނެތި ދުއްވުން ފަދަ ސަބަބުތަކާ ހުރެއެވެ. ފުލުހުން ވަނީ ކަނޑައަޅާފައިވާ ޕާކިން ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށް އިލްތިމާސްކޮށް، މަގުތައް ތަރުތީބު ކުރުމަށް ކުރާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް