ads
"ހެލްތު އެކްސްޕޯ 2025" ކުރިއަށްދާނީ މިމަހުގެ 13، 15 އަދި 16 ވަނަ ދުވަހު
"ހެލްތު އެކްސްޕޯ 2025" ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި
މިއަހަރުގެ ހެލްތު އެކްސްޕޯ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
Advertisement

"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސިއްހީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ހާއްސަ އެކްސްޕޯއެކެވެ.

އެކްސްޕޯ ކުރިއަށްދާނީ ނޮވެމްބަރު 13، 15 އަދި 16 ވަނަ ދުވަހެވެ. މިއަހަރުގެ އެކްސްޕޯ ވެސް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" އެވެ. 

މިފަހަރުގެ އެކްސްޕޯގައި ބިދޭސީންނަށް ހާއްސަކޮށްގެން ސިއްހަތާ ގުޅޭ މުހިއްމު މައުލޫމާތު ހިއްސާކުރުމާއި، ހެލްތު ސްކްރީނިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ފާހަގަކުރެއްވި އެވެ. 

އެގޮތުން ވަސީލަތްތައް ތަރައްގީކޮށްދެއްވުމުގެ އިތުރުން، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވަފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް