ads
ސައުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސައުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކާއި އެކު ކޮފީއަކަށް
ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު ޔަހްޔާ އަލްގަހްތާނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
Advertisement

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކުރިޔަށްދިޔަ މި ބައްދަލވުމުގައި ސައުދީއާ ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި ބެހޭ މައުލޫމާތު ސަފީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި  ހައްޖާއި އުމްރާގެ އިންތިޒާމުތައް އިތުރަށް ފުރިހަމަ ކުރުމަށް އެކުލަވާލާފައިވާ ތަސައްވުރު 2030 އިން ހޯދާފައިވާ ކާމިޔާބީތައްވެސް ވަނީ ހިއްސާކޮށްފައެވެ. 

your imageސައުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުން ދެ ހަރަމްފުޅު ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ސައުދީ އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތުވެސް ދިވެހި ބައެއް ނޫސްތަކަށް ވަނީ ދީފައެވެ. 

މި ބައްދަލުވުމުގައި، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ފައިސަލް އަލް ސެލީއާއި، ސައުދީ އެމްބަސީގެ މީޑިއާ ސެކްޝަންގެ އިސްވެރިޔާ ވަލީދު އަލް ދޮސާރީ ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް