ads
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން؛ ފޮޓޯ: ޗެނަލް 13
ޕީއެންސީ ޖަލްސާ އޮންނަ ވަގުތު ޔާމީންވެސް ކުއްލި ޖަލްސާއެއް
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފްއިންވެސް މިރޭ ކުއްލި ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ.
Advertisement

ޕީއެންއެފްއިން ކުއްލި ޖަލްސާއެއް މީރޭ އޮންނާނެކަން އިއުލާންކޮށްފައި މިވަނީ ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން ބޮޑު އެއްވުމެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަން ނިންމާފައިވަނިކޮށެވެ. 

ޕީއެންސީއާ އެންމެ ވާދަވެރި ކުރީގެ ރައީސް ޔާމީން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާއިރު އެ ޖަލްސާ ވަރަށް ތަފާތުވާނެކަމަށްް ޕީއެންއެފް އިން ބުނެއެވެ. ޕީއެންއެފްގެ މިރޭގެ ޖަލްސާވެސް އޮންނާނީ ޔާމީންގެ ގެ ކޮޅުގައެވެ. 

ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްގެން ވެރިކަން ކުރާ ޕިއެންސީ މިރޭ ބާއްވާ ޖަލްސާއަށް  ތަންދޭން ބޮޑުތަކުރުފާނުމަގާއި މަޖީދީމަގުން ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ސަލްމާން މިސްކިތުގެ އުތުރުން ފެށިގެން ރައީސް ޔާމީންގެ ގެކޮޅާއި ހަމައަށް ބޭރުމަގު ބަންދުކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މީގެއިތުރުން މިރޭ އިރުއޮއްސި 6 އަކުން ފެށިގެން ޕީއެންސީގެ ޖަލްސާ ނިންމެންދެން ހެންވޭރުގެ ގިނަ މަގުތަކެއް ވެހިކަލްތައް ނުދެއްވޭގޮތަށް ބަންދުކުރަންވެސް ފުލުހުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް