ads
ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ޙަސަން -- ފޮޓޯ/ ރައީސް އޮފީސް
އެޕްސްޓީންއާ ގުޅުން އޮތީ ރައީސް ވަހީދުއާ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބޭއްވީ ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު ކަން ހާމަވެއްޖެއެވެ.
Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ރާއްޖޭގެ ކުރީގެ ރައީސަކީ ޑރ. ވަހީދުކަން ހާމަވީ، ހެކަރުންގެ ބަޔަކު ކުރިން ވެސް ލީކު ކޮށްލާފައިވާ އީމެއިލް މުއާމަލާތުގައި އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" ނަމަކަށް ކިޔާ ކޮމިޓީން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި، އީމެއިލް އެޑްރެސްތަކާ އެކު އެ މައުލޫމާތުންނެވެ.

މި އީމެއިލްތަކާ ގުޅޭ ގޮތުން ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ 27، 2013 ގައި ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލް އެއްގައި، އެޕްސްޓީން އަކީ ވަހީދުގެ "ސޭވިއާ" ނުވަތަ ސަލާމަތްކޮށްދޭ ފަރާތް ކަމަށާއި އެމަނިކުފާނު އަމަލުކުރާނީ އެޕްސްޓީން އަންގާ ގޮތަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.

އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގައި ވެސް އެޕްސްޓީންގެ އެހީއަށް ވަހީދު އެދިފައިވެ އެވެ. އެގޮތުން، ބޭރުގެ މީޑިއާއިން ވަހީދުގެ ސަރުކާރާމެދު ދެކޭގޮތް ބަދަލުކުރަން ބޭނުންވާކަން އޭނާގެ މެއިލްތަކުގައި ފާހަގަކުރައްވާފައިވެ އެވެ.

އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.

އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް