ހައުސިން މިނިސްޓްރީން ވަނީ ފާއިތުވެދިޔަ ދެ އަހަރު އެ މިނިސްޓްރީން ކުރިއަށްގެންގޮސްފަވާ މަސައްކަތްތަކުގެ ކާމިޔާބީ ހިއްސާކުރަމުން އެ މިނިސްޓްރީން ބުނީ ފެނުގެ ނިޒާމު ގާއިމުކުރުމާ ގުޅޭ 93 މަޝްރޫއުއަކާ ގުޅޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމުގަ އެވެ.
މިހާތަނަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ 42 މަޝްރޫއުއެއްގެ މަސައްކަތް މުޅިން ނިންމާފަވާކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރޭގައި އަލަށް ފެށި މަސައްކަތްތަކާއި ކުރިން ފަށާ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ހިމެނޭކަމަށް އެ އިދާރާއިން ބުނެ އެވެ.
ހުއްޓިފަވާ މަސައްކަތްތައް އަވަސްކުރުމަށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާ މިހާރު ވަނީ ހިދުމަތް ދޭން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން 51 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް މިވަގުތު ޢަމަލީގޮތުން އަންނަނި ކުރިއަށްގެންދަމުންނެވެ.
މި މަސައްކަތަކުގެ ތެރޭގައިވެސް ކުރިން މަސައްކަތް ހަވާލުކޮށް، ނަމަވެސް ހުއްޓިފައިވާ މަސައްކަތްތަކުގެ ކޮންޓްރެކްޓް ބާތިލުކޮށް، މަސައްކަތްތައް އަލުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ފަށާފަވާ މަސައްކަތްތައް ހިމެނެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ 133 ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކޮށް އަންނަނީ ހިދުމަތް ދެމުންދާ ކަމަށް އެ އިދާރިން ވަނީ ބުނެފައި އެވެ
ނަމަވެސް މީގެތެރެއިންވެސް އާބާދީ އިތުރުވަމުން އަންނަ ރަށްތަކުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ހިދުމަތް ފޯރުކޮށްދިނުމާއި ނެޓްވަރކް އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ކުރިއަށްގެންދެ އެވެ.
ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮތުން ގާނޫނުން ލާޒިމުކުރެ އެވެ.