މި ސަރުކާރުން ހަމްދީ އަގީލް އެންމެ ފުރަތަމަ އައްޔަންކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ރައީސްކަމަށެ ެ. އެހެންނަމަވެސް ސަބަބެއް ނާނގާ ނޮވެމްބަރު 22، 2023 ގައި އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
މީޑިއާ ކޮމިޝަނުން އެކްސްގައ ކުރި ޕޯސްޓެއްގައި ވަނީ ސިވިލް ސާވިސް ކޮމިޝަން އިން އެ ކޮމިޝަނުގެ އެސްޖީ ކަމަށް ހަމްދީ އައްޔަންކުރިކަން އިއުލާންކޮށްފައެވެ. މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު 35،500 ރުފިޔާ ގެ މުސާރައެއް ލިބޭނެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން
މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ ރައީސަކަށް އައްޔަންކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. ލިބޭއިރު ފޯނު އެލަވަންސަށް ލިބޭ 1،000ރ. އާ އެކު މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ. ލިބޭނެ އެވެ.
ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރި ޒަމްއަތު މުހައްމަދު ވަހީދަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 39،000ރ. އެެވެ. އަދި ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ފޯނު އެލަވަންސާ އެކު ނައިބު ރައީސަށް 55،000ރ. ލިބޭނެ އެވެ.
މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ އަސާސީ މުސާރައަކީ 33،000ރ. އެވެ. މެމްބަރުންގެ ލިވިން އެލަވަންސަކީ 14،000ރ. އެވެ. އަދި ފޯނު އެލަވަންސާ އެކު ކޮމިޝަނުގެ މެމްބަރުންގެ މުސާރައަކީ 48،000ރ. އެވެ.