ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ހަސީނާގެ މައްޗަށް ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ދައުވާ އުފުލާފައެވެ. ލީކުވި އޯޑިއޯ ރެކޯޑިންއަކުން އެނގޭ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް "ލީތަލް ހަތިޔާރު" ބޭނުން ކުރުމަށް އޭނާ ސަލާމަތީ ބާރުތަކަށް އެންގެވި އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ.
ފިއްލަވައިގެން ވަޑައިގެން ނަމަވެސް ހަސީނާގެ މައްޗަށް ވަނީ އެތައް ދައުވާއެއް އުފުލާފަ އެވެ. ކޯޓަށް އިހްތިރާމް ނުކުރުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން މިދިޔަ ހަފްތާވެސް ވަނީ ހަސީނާގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
އަދި މިއަދު ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓަކުން ވަނީ ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފަ އެވެ. ހަސީނާގެ އިތުރުން ބަންގުލަދޭޝްގެ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނަގެ މައްޗަށް ވެސް މަރުގެ ހުުކުމް އިއްވާފައިވެ އެވެ.
މި ހުކުމަކީ ފާއިތުވި 10 އަހަރު ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ރައީސްއާ ދެކޮޅަށް އެޅި އެންމެ ބޮޑު ގާނޫނީ ފިޔަވަޅެވެ. އަދި މިއީ ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެޅި ފިޔަވަޅެކެވެ.
ހަސީނާގެ އަވާމީ ލީގް ޕާޓީއަށް ވޯޓުލުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު ނިންމި މި ނިންމުމުގެ ސަބަބުން އިންތިހާބުގެ ކުރިން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ އިންޑިއާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށެވެ.
އެ ބަޔާނާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެ، ބަންގްލަދޭޝް ރައްޔިތުންގެ މަސްލަހަތަށް ވިސްނާނެ ކަމަށް ބުނެފައެވެ.
ނަމަވެސް ހަސީނާ އާއި، ދައުވާތައް ސާބިތުވެފައިވާ، ކުރީގެ ފޮރިން މިނިސްޓަރު އަސަދުއްޒާމާން ހާން ކަމާލް ބަންގްލަދޭޝްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އިންޑިއާއިން ވަކި އެއްޗެކޭ ނުބުނެއެވެ.
އިންޑިއާ ނޫސްތަކުން މިދިޔަ އަހަރު ވެސް ވަނީ ހަސީނާ އަނބުރާ ފޮނުވަން އެދި ބަންގްލާދޭޝް އިން ހުށަހަޅާފައިވާކަމަށް ރިޕޯޓް ކޮށްފަ އެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް އެ ގައުމުގެ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ބަންދުކުރުމާއި ސިޔާސީ ވާދަވެރިން އެކި ގޮތްގޮތުން މެރުން ހިމެނެ އެވެ.
އދ ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެ އަހަރު ކުރި މުޒާހަރާތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާއިރު، ގިނައީ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުން މަރުވި މީހުންނެވެ.