އަންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގެ ވޯޓްުން އޮންނަ ދުވަހު ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ އެ ކޮމިޝަންގެ ޕޯޓަލް މެދުވެރުކޮށްކަމަށެވެ.
ވޯޓްލާ މަރުކަޒަށް ހޯދާ އޮފިޝަލުންނާއި ލިބޭ އުޖޫރަ
އިލެކްޝަން ކޮމިޝަނުން ބުނީ ލިބޭ މުސާރައިގެ އިތުރުން 18 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާވެސް ލިބޭނެކަމަށެވެ. އަދި މަސައްކަތުގައި އުޅޭ ދުވަހު ހުރުހާ ވަގުތެއްގެ ކެއުމަށްވެސް ކަނޑައެޅިފައިވާ އުސޫލުން ފައިސާ ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެކަމަށާއި އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަ ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ އަންނަ ޖަނަވަރީ 10 އާއި މާރިޗު 27 އާ ދެމެދުގައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެންބަރ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.