ads
ހުޅުމާލޭގައި ހިންގާ ކުޑަ ކުދިންގެ ހިޔާ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާއި ހަވާލުކޮށްފި
"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން އިޖްތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ، ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ވެސް 148 ކުދިން އެބަތިބި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.

އެ މިނިސްޓްރީން މިފަހުން އާންމުކުރި މިދިޔަ ޖޫން މަހުގެ ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ފިރިހެން 80 ކުދިންނާއި އަންހެން 68 ކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް